ޚަބަރު
“ދަ މޯލްޑިވްސް” މިއީ މިހާރު ދުނިޔޭގެ ފެންވަރުގެ ބްރޭންޑެއް: ފައިސަލް

ރާއްޖޭގެ ފަތުރުވެރިކަމުގެ މޮޑިއުލް މިހާރު ދުނިޔޭގެ ވަރަށް ގިނަ ތަންތަނުން މިހާރު ބޭނުން ކުރާ ކަމަށާއި “ދަ މޯލްޑިވްސް” އަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ބްރޭންޑެއްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކުން ޓޫރިޒަމް ޑިވެލޮޕް ކުރާ އިރު ރާއްޖޭގެ ޓޫރިޒަމް މޮޑެލް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި މިއީ ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށެވެ.

“މިއީ އެއްގޮތަކުން އަޅުގަނޑުމެން ވަރަށް ފަހުރުވެރިވެސްވާ ކަމެއް. ‘ދަ މޯލްޑިވްސް’ މިއީ މިހާރު ބްރޭންޑެއް. ވަރަށް ބޮޑު. ދުނިޔޭގެ ފެންވަރުގެ ބްރޭންޑެއް.” މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް މޮޑެލް ބޭނުން ކުރާ ބައެއް ތަންތަނުގެ ތެރޭގައި ސައުދި އަރަބިޔާ އާއި ދުބާއީ ހިމެނޭކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މީގެ ސަބަބުން ފައިދާތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ކޮންމެ ކަމެއްގައިވެސް ކޮމްޕެޓިޝަންއެއް އޮންނާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭހެ ‘އަން އައިލެންޑް’ ކޮންސެޕްޓްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތައާރަފް ކުރި ލޯކަލް ޓޫރިޒަމްވެސް މިހާރު ވަރަށް ކުރިއަރާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ލޯކަލް ޓޫރިޒަމްގައި މިހާރު ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ބެޑު އެބަ ހުރިކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top