ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަކީ ވަގުތުން ހަައްޔަރުކުރަން ޖެހޭ މީހެއްކަމަށް އުނގޭފާރު ދާއިރަގެ މެމްބަރު މުހައްމަދު ވަހީދް (ވައްޑެ) ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކުރުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ފަނޑިޔާރު ޑީޑީގެ މައްސަލައަކީ ބަހުސަކަށް ދާންޖެހޭ މައްސަލައެއް ނޫންކަމަށާއި، ޑީޑީ އަކީ ހިފާ ހައްޔަރުކުރަން ޖެހޭ މީހެއްކަމަށެވެ. 

މައްސަލައާއި ކުރިމަތި ލައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ފަހުން ޑީޑީ ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް ދެން ހަބަރެއް ނުވާކަމަށް ވައްޑެ ވިދާޅުވިއެވެ. 

ވައްޑެ ވިދާޅުވީ ފަނޑިޔާރު ދީދީ ކްރިމިނަލް ކޯޓުގައި ހުންނެވުމަށްފަހު ކުއްލިއަކަށް ހައިކޯޓަށް ބަދަލުވެ އަދި ހައިކޯޓުން ސުޕްރީމް ކޯޓަށް ބަދަލުވިގޮތަށް ބެލުމަށްފަހުވެސް އޭނާ މަގާމުން ދުރުކުރަންޖެހޭކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.