ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

ޖުޑިޝަރީ ކޮމިޓީން ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ އެ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ އިއްތިފާގުންނެވެ. 

ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކުރުމަށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ، 

ފަނޑިޔާރު ޑީޑީ މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވަނީ އިއްޔަ އެކޮމިޝަނުން ބޭއްވި ބައްދަލުވުމުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.