65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހެއް މަޖިލީހަށް ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ "މުޙައްމަދު ނަޝީދު ފެކްޝަން" އިން މި އިސްލާހު އަނެއްކާވެސް މަޖިލީހަށް އެބަ ވައްދާކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ޝުޖާ ވަނީ ގޮވާލައްވާފައެވެ.

ޤާނޫނު އަސާސީގައި ކުރިން ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ނޯވެއެވެ. ނަމަވެސް 18ވަނަ ރައްޔިތުންގެ މަޖިލީހުންވަނީ 2015ވަނަ އަހަރުގައި ޤާނޫނު އަސާސީއަށް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގައިވާގޮތުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާއަކަށް ކުރިމަތި ނުލެވޭނެއެވެ. ނަމަވެސް 2018ވަނަ އަހަރު އެ އިސްލާހުވަނީ އުވާލާފައެވެ.

ޝުޖާ މިގޮތަށް ޓްވީޓުކޮށްފައިވަނީ ކުރިން އިދިކޮޅުގައި މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް، އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމަށް ވެރިކަން ހޯދަދޭނެކަމަށް އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.