ދުނިޔެ
އަރަބިން އިޒްރޭލަށް އެހީވާވަރު ފެނި ހައިރާންވޭ: އިޒްރޭލު އިންސްޓިޓިއުޓް
ތަމީރް ހޭމަން

ގައްޒާ މަސްރަހުގައި އަރަބިން އިޒްރޭލަށް ވަރަށް ބޮޑަށް އެހީވާ ކަމަށް އިޒްރޭލުގެ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ ހެޑް ތަމީރް ހޭމަން ބުނެފި އެވެ.

ތަމީރް ހޭމަންއަކީ އިޒްރޭލު އަސްކަރިއްޔާގެ އިންޓެލިޖެންސްގެ ކުރީގެ އިސް ވެރިއެކެވެ. ވަރަށް ފަހުން މީޑިއާކަށް ދިން އިންޓަވިއުއެއްގައި ހޭމަން ވަނީ ކުރިއަށް އޮތް ތަނުގައި އެމެރިކާއާއި އިޒްރޭލާއި ދެމެދު އޮންނަ ގުޅުން ހީނަރުވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމެރިކާގައި އާންމުން މިހާތަނަށް އިޒްރޭލާއި ގައްޒާގެ މަސްރަހުގައި ދެކޭ ނަޒަރިއްޔާތު ދެމެހެއްޓުން މުހިންމު ކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ އެމެރިކާއާއި އިޒްރޭލާއި ދެމެދު އޮންނަ ހާއްސަ ގުޅުމެއް ކަމަށާއި ދެ ގައުމުގެ ގުޅުން ދުރުވާތަން ފެންނަ ކަމަށް ހޭމަން ބުނެފައި ވެއެވެ.

“އެމެރިކާގެ ޔުނިވާސިޓީތަކުން މިހާރު ފެންނަ (މުޒާހަރާތައް) ކަންކަމަކީ މީގެ އަހަރެއް ކުރިން ވަރަށް ރަނގަޅަށް ބަލަމުންދިޔަ ކަންކަން. އެހެންވެ، އިޒްރޭލުގެ އެތެރޭގައި މިހާރު ވަމުންދާ ކަންތައްތަކާއި އެމެރިކާގައި ދިގު މުއްދަތަކަށް ކުރިއަށްދާނެހެން ހީވާ ޓްރެންޑްތަކަށް ބަލާފައި އަހަރެން ކަންބޮޑުވޭ”

ހޭމަން ބުނީ އެކަމަކީ އިޒްރޭލަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން، އިޒްރޭލުން އެމެރިކާގެ އާންމުން އިޒްރޭލާއި ދުރު ނުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކަން މިހެން އޮތްއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ އެމެރިކާއިން އިޒްރޭލާއި ދުރުވާ ކަމުގެ އިޝާރާތެއް ދީފަ އެެވެ. “އިޒްރޭލަށް އެކަނިވާން މަޖުބޫރުވިއްޔާ، އެކަނިވެސް” ހަނގުރާމަ ކުރާނެ ކަމަށް ނަތަންޔާހޫ އާންމުންގެ ތެރޭގައި ބުނެފައި ވެއެވެ. ނަތަންޔާހޫ ވަނީ އެމެރިކާގެ ނުރުހުމުގައިވެސް ރަފާ ސަރަހައްދު ހިސާރު ކުރާނެ ކަމަށް ބުނެފައި އަދި އެގޮތަށް އަމަލުކޮށްފަ އެވެ.

69
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top