ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަ ޖައްސާފައިވަނީ އަންނަ އޭޕްރިލް މަހު ފުރަތަމަ ހަފްތާގެ ތެރެގައިކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ބާއްވާނޭ ވަކި ތާރީހެއް އަދި ކަނޑައަޅާފައިނުވާއިރު އިންތިހާބު ބާއްވާނޭ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނޭކަމަށް ޝަރީފް ވިދާޅުވިއެވެ، 

ލޯކަލް ކައުންސިލް އިލްތިހާބަށް ކުރިމަތިލުމަށް އަންނަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައި ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު އެހެން އިންތިހާބު ތަކަށް ވުރެއް ފަސޭހަކުރުމަށްޓަކައި ވޯޓު ފޮށީގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ކޮށްމެ ފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓު ލެވޭނީ 700 މީހުނަށް ހެދުމަށް މަޝްވަރާ ކުރަމުން އަންނަކަންވެސް ޝަރީފް ހާމަކުރެއްވިއެވެ. އަދި ވޯޓު ފޮށި އިތުރުވާއިރު، އޮފިޝަލުންގެ އަދަދުވެސް 6000 އާއި 7000އާއި ދެމެދަށް އިތުރުވާނޭކަމަށް ޝަރީފް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.