ޕޮރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހިންގުމާއި މެދު ކަންބޮޑުވާކަމަށް އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ކުރީގެ ލީޑާރޝިޕްގެ ގިނަ ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީއާއި ރޭގައި ގުޅިފައިވާއިރު، ޑރ. ޚަލީލް ކުރެއްވި ޓްވީޓެއްގައި އެބޭފުޅާވަނީ ޕީޕީއެމްއިން ވަކި ނުވާކަން ހާމަކުރައްވާފައެވެ. އަދި ޕީޕީއެމްގެ ހިންގުމާއި މެދު ކަންބޮޑުވާކަމަށާއި، ރައްޔިތުން ކައިރިޔަށްގޮސް އެރައްޔިތުންގެ އަޑުއެހައިގެން ނޫނީ ޕާޓީ ވަރުގަދަ ނުވާނެކަމަސް ޑރ. ޚަލީލް ވިދާޅުވިއެވެ. 

"އަޅުގަނޑު މިހިރީ ސާބިތުކަމާއި އެކު ޕީޕީއެމްގަ. ޕީޕީއެމްގެ ހިންގުމާއިމެދު ކަންބޮޑުވުން އެބަހުރި. އާއްމު މެމްބަރުންގެ ގާތަށް ދާންޖެހޭ. އަޑު އަހަން ޖެހޭ. ޕާޓީ ވަރުގަދަ ވާނީ ހިންގުމަށް ބޯޑެތި ބަދަލުގެނެސްގެން" ޚަލީލްގެ ޓްވީޓްގައި ވެއެވެ. 


ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން  ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހް ކުރީގެ ހޯމް މިނިސްޓާރ އަޒްލީން އަހުމަދާއި، ކުރީގެ މެމްބަރު އަހުމަދު އައްސަދު ހިމެނިވަޑައިގަންނަވަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.