މިއަހަރުގެ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާނާއި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރުމަށް 110 މާކަރުން ބޭނުންވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެޗްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސް މާކުކުރުމަށް ކޮންމެ މާއްދާއަކަށް 15 މާކަރުން، އަދި އެސްއެސްސީގެ ދެ އިމްތިހާނުގެ ކަރުދާސްތައް މާކުކުރުމަށް ކޮޮންމެ މާއްދާއަކަށް 40 މާކަރުން ބޭނުންވާ ކަމަށެވެ.

އަދި މާކުކުރާ ކޮންމެ ކަރުދާހަކަށް 60 ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި، ފާއިތުވި ފަސް އަހަރުގެ ތެރެއިން ތިން އަހަރު މާކުކުރުމުގެ މަސައްކަތް ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ދެވޭނެ ކަމަށްވެސް ޑީޕީއޭގެ އިއުލާނުގައި ވެއެވެ.

ޖަވާބު ކަރުދާސް މާކުކުރުން ކުރިއަށްދާނީ އޮކްޓޫބަރު 31 ން ނޮވެމްބަރު 13 އަށެވެ.

މާކިންގައި ބައިވެރިވެވޭނީ އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށްފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.