ދިހަ ރުފިޔާ އާއި 100 ރުފިޔާގެ އައު ޗާޕެއް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރެ، އެފައިސާ ދައުރު ކުރަން ފަށައިފިއެވެ.

އެމްއެމްއޭ އިން ވިދާޅުވީ 10 ރުފިޔާ އާއި 100 ރުފިޔާގެ އާނޫޓްތަކެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފައިވަނީ، އަލުން ޗާޕުކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށެވެ.

އަލަށް ނެރުނު ފައިސާގައި ސޮއި ކުރައްވާފައި ވަނީ މިމަހު ގަވަރުނަރުކަމުން އިސްތިއުފާ ދެއްވި އަޙްމަދު ނަސީރު އެވެ. އެފައިސާގައި މީލާދީ ތާރީޚުގެ ގޮތުގައި 10 މާރިޗު 2018 އަދި ހިޖުރީ ތާރީޚުގެ ގޮތުގައި ހިމަނާފައިވަނީ، 22 ޖުމާދަލްއާޚިރާ 1439 އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރާއްޖޭގައި ކުރިން ބޭނުން ކުރަމުން އައި ނޫޓުތައް އުވާލާ ރަންދިހަ ފަހެއްގެ އައު ނޫޓް ސީރީޒްއެއް ތަޢާރަފުކޮށްފައިވާއިރު، މިނޫޓްތައް ހަދާފައިވަނީ ސެކިއުރިޓީ ފީޗާސްތައް ވަރަށް ވަރުގަދަކޮށް ޕޮލިމާ ކަރުދާހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.