ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރީންގެ ދައުވާގައި ހެކިބަސް ނެގުމަށް ބާއްވާ އަޑުއެހުމެއް އަންނަ ހަފްތާއަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އާދަމް އާސިފް ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 10:30 އަށް ތާވަލުކޮށްފައިވާކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރީންގެ ދައުވާގައި އެންމެ ފަހުން ކުރިއަށް ގޮސްފައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން އެ ދުވަހުގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒްގެ ހެކިބަސް ނަގާފައިވާއިރު، ރައީސް ޔާމީންގެ ނައިބު ރައިސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓާރ އަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.