ޚަބަރު
ޓެކްސީ މައްސަލަ ބޮޑުވެ, ޓެކްސީ ކުރެވޭ އަގުތަަށް އަލުން ކަނޑައަޅައިފި

ޖްރޭޓަ މާލެ އޭރިއާގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޓެކްސީ ކުރެވޭނެ އަގުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އަގުތަކަށް އަމަލު ކުރަން ފަށާނީ މޭ 20، 2024 އިން ފެށިގެން ކަމަށެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ތެރެއިން 6 ސީޓަށް ވުރެ ދަށް އުޅަނދުތަކަށް ވަކި އަގުތަކަކާއި 7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކަށް ވަކި އަގުތަކެއް ކަނޑައަޅާފަ އެވެ.

6 ސީޓަށް ވުރެ ދަށް އުޅަނދުތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

6 ސީޓަށް ވުރެ ދަށް އުޅަނދުތަކުގެ އަގުތައް

  • މާލެއާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 70 ރުފިޔާ
  • މާލެއާއި ހުޅުމާލޭ ފޭސް 1 އާއި ދޭތެރޭގެ ދަތުރުތައް: 85 ރުފިޔާ
  • މާލެއާއި ހުޅުމާލޭ ފޭސް 2 އާއި ދޭތެރޭގެ ދަތުރުތައް: 100 ރުފިޔާ
  • ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 އާއި ދޭތެރޭގެ ދަތުރުތައް: 40 ރުފިޔާ
  • ހުޅުމާލޭ ފޭސް 1 އާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 80 ރުފިޔާ
  • ހުޅުމާލޭ ފޭސް 2 އާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 85 ރުފިޔާ

7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކުގެ އަގުތައް

  • މާލެއާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 110 ރުފިޔާ
  • މާލެއާއި ހުޅުމާލޭ ފޭސް 1 އާއި ދޭތެރޭގެ ދަތުރުތައް: 130 ރުފިޔާ
  • މާލެއާއި ހުޅުމާލޭ ފޭސް 2 އާއި ދޭތެރޭގެ ދަތުރުތައް: 155 ރުފިޔާ
  • ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 އާއި ދޭތެރޭގެ ދަތުރުތައް: 60 ރުފިޔާ
  • ހުޅުމާލޭ ފޭސް 1 އާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 125 ރުފިޔާ
  • ހުޅުމާލޭ ފޭސް 2 އާއި އެއާޕޯޓާއި ދޭތެރޭގެ ދަތުރުތައް: 130 ރުފިޔާ

މީގެ އިތުރުން މާލެއާއި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް 6 ސީޓަށް ވުރެ ދަށް އުޅަނދުތަކަށް ނެގޭނީ 30 ރުފިޔާ ކަމަށާއި 7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކަށް ނެގޭނީ 45 ރުފިޔާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އެއާޕޯޓް ދަތުރުތައް ކުރާއިރު ޑޮމެސްޓިކް ޓާމިނަލަށް ދާން ޖެހޭނަމަ އެއާޕޯޓަށް ދިއުމުގެ އަގުގެ އިތުރުން 6 ސީޓަށް ވުރެ ދަށް އުޅަނދުތަކަށް 10 ރުފިޔާ ނެގޭނެ ކަމަށާއި 7 ސީޓާއި 10 ސީޓާއި ދެމެދުގެ އުޅަނދުތަކަށް 15 ރުފިޔާ ނެގޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ހަތަރު ފުރޮޅުލީ ކޮންމެ ޓެކްސީއަކަށްވެސް އަރުވާ ލަގެޖުގެ ތެރެއިން 3 ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ ނެގޭނެކަމަށް ބުނެފައިވެ އެވެ.

155
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top