ސުޕްރީމް ކޯޓުގެ ބެންޗަށް އަންހެން ފަނޑިޔާރުން ލުމަކީ ރާއްޖެއަށް ލިބޭނޭ ބޮޑު ކުރިއެރުމެއްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަނު ކުރުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އިސްލާމީ ތާރީހުގައި ހުދައިބިއްޔާގެ ހާދިސާގައި ކަންކަން ހަމަޔަކަށް އެޅިގެން ދިޔައީ އަންހެނެއްގެ ލަފަޔަށް ފުރުސަތު ދިނުމުންކަމަށެވެ. އަދި ފިޤުހީ އެންމެ ބޮޑެތި މައްސަލަ ތަކުގައި ވެސް އަންހުން ކަނބަލުން ހަދީޡް ރިވާކުރައްވާފައި އެބަހުރި ކަމަށް ވައްޑެ ވިދާޅުވިއެވެ.
އެހެންކަމުން ފިތުނަ އުފެދޭގޮތަށް އަންހެނުންނާއި ދެކޮޅަށް މިފަދަ މައްސަލަތައް ވެއްދުމުގެ ބޭނުމެއް ނެތްކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމު ދާއިރާގެ މެމްބަރު އަންހެނުން ލާ ތޮޕާއި އަރާފައިވާނުގެ ވާހަކަ ދެއްކުމަކީ ދެރަކަމެއްކަމަށް ވައްޑެ ވިދާޅުވިއެވެ.