ހުޅުމާލޭގައި ވޭނެއް ފުރޮޅާލައި ޑްރައިވަރަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކުޑަ ވޭނެއް ކާނުގަނޑެއްގައި ޖެހި ފުރޮޅާލާފައިވާ ކަމަށް މިއަދު ހެނދުނު 9:25 ހާއިރު ފުލުހުންގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ވޭން ދުއްވަން އިން މީހާގެ ތުންފަތް ފަޅައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ވޭނަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ވޭން ދުއްވަން އިނީ 42 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ލައިސެންސް އޮންނަ ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.