ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުމުގައި ގޯސްކޮށް ކަންތައްތައް ކުރިއަށް ދިޔަކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް މައްސަލަ މަޖިލީހުގެ ތަޅުމަށް ގެންނަން ނިންމީ މެންބަރުން ބަހުސް ކުރައްވާ މިކަމުގައި ރައްޔިތުންނަށް އަރާފައި އޮތް އޮޅުން ސާފުކޮށްދިނުމަށް ކަމަށެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 52 މެމްބަރުންގެ ވޯޓުންނެވެ.

މުހައްމަދު ނަޝީދު(މޮސްޓާ) ވިދާޅުވީ އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.