ޅ. ހިންނަވަރުގައި އި ބަނގުރާ ތައްޔާރުކުރުމުގެ މަސައްކަތުގައި ތިބި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޅ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނެއްގައި، އެރަށުގެ ފަޅު ގެއެއް މިމަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެގެ ބަލައިފާސްކުރިއިރު، އެގޭ ބަދިގޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައިވަނިކޮށް ފެނިފައިވާކަމާށް ފުލުހުން ވިދާޅުވިއެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ތައްޔާރުކޮށްފައިވާ ދެ ލީޓަރުގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވައިކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މި އޮޕަރޭޝަނުގައި ކުށުގެ ވެށިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވިދާޅުވީ، މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.