Uncategorized
ބޭރު ޤައުމު ތަކާ ގުޅިގެން ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަނީ

ބޭރު ގައުމު ތަކާ ގުޅިގެން ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރު ގައުމުތަކުގެ އެހީ ހޯދައިގެން ވީހާވެސް އަވަހަށް، ރާއްޖެއަށް ބޭނުންވާ ތަމްރީނުތައް ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަ ށެވެ. އެގޮތުން، ފާއިތުވި ދިޔަ ދުވަސްތަކު ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ބޭރު ގައުމުތަކުން ވަރަށް އުއްމީދީ ޖަވާބު ތަކެއް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، ކުޅިވަރު ކުރިއަރުވަން ބޭނުންވާ ސަޕޯޓިވް ސްޓާފުންނަށް ބޭނުންވާ ޓްރެއިނިންގ ދިނުމަށް ސްކޮލާޝިޕް ދޭން މެލޭޝިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން، މިހާރު ވާނީ އެކަމާ ގުޅުން ހުރި އެއްބަސްވުން ތައްޔާރުކޮށް، އޭޖީ އޮފީހަށް ފޮނުވާފައި ކަމަށް ވަޒީރު ވިދާޅުވި އެވެ. މި ޓްރެއިނިންގެ ތެރޭގައި ސްޕޯޓްސް ނިއުޓްރިޝަން، ސްޕޯޓްސް ފިޒިއޯތެރަޕީ އަދި އޮކިޔުޕޭޝަނަލް ތެރަޕީގެ ސެޝަން ނަގައިދޭނެ އެވެ. މި ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވަނީ ކޯޗުންނާއި ޓެކްނިކަލް ސްޓާފުންނަ ށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފްރާންސްގެ އެމްބެސްޑާގެ ފަރާތުންވެސް ވަރަށް އުއްމީދީ ޖަވާބެއް ލިބުނު ކަމަށެވެ. އެގޮތުން، މެޑަލް ހޯދޭ ފެންވަރުގެ އެތުލީޓުން ތަމްރީނު ކުރަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކިޔުބާގެ ސަރުކާރުންވެސް ސްޕޯޓްސް މެޑިކަލް އާ ގުޅުންހުރި ރަނގަޅު އޮފާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އިންޓަ މިލާން ފުޓްބޯޅަ ކުލަބާއި, އިޓަލީގެ ޔުނިވާސިޓީ އޮފް މިލާނޯ ބިކޯކާ އާއި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން ގުޅިގެން މި މަހު ހާއްސަ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންގޮސްފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top