މަރްހޫމް ޑރ. އަފްރާޝިމް އަލީގެ ވާރިސުންގެ ހައްޤައް ސުޕްރީމް ކޯޓުން އަރައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި އެފަދައިން ވިދާޅުވެފައިވަނީ  ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. 

އިންތި ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހުކުމް ކޮށްފައިވާ ހުސައިން ހުމާމަށް މަރުގެ ހުކުމް ނުއިއްވުމަށް ޑރ. އަފްރާޝީމްގެ ވާރިސުން އެދި ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވި ކަމަށާއި، އެެހެންނަމަވެސް ސުޕްރީމް ކޯޓުން އިސްލާމީ ޝަރީއަތާއި ޚިލާފަށް ހުމާމް މެރުމަށް ހުކުމްކޮށްފައިވާކަަމަށެވެ. އަދި އެއީ ވާރިސުންގެ ހައްޤަށް އަރައިގަތުންކަން އިންތި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖޭއެސްސީގެ ރިޕޯޓަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިޚާބު އެތައް ފަހަރެއްގެ މަތިން ބާތިލުކުރުމަކީ ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއް އުދުވާން ކަމަށާއި، އަދި އެއީ ސުޕްރީމް ކޯޓުން މިހާތަނަށް ވެފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށެވެ.

މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ އެންގުމަކާއި ނުލާ ދެންތިބި ފަނޑިޔާރުން ސިއްރިއްޔާތުގައި ހުކުމެއް ނެރުނު ކަމަށާއި، އެކަން ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އޭރު ހުރި ރައީސް ޔާމީނަށް ފޮނުއްވި ކަމަށްވެސް އިންތި ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.