ސަރުކާރުގެ ފަރާތުން ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް މާދަމާ ރޭ ފާސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، އެ މައްސަލަ ފޮނުވަންޖެހޭނީ މާލިއްޔަތު ކޮމެޓީއާ އިޤްތިސާދީ ކޮމެޓީ އެއް ކޮށްލައިގެން ހެދޭ ކޮމިޓީއަކަށްކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުގެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދުގެ ހަތަރު ދަމު އެއްކޮށް އެ މައްސަލަ ދިރާސާ ކުރުމަށްފަހު މާދަމާގެ ޖަލްސާއަށް ހުށަހަޅައި އެރެއާ ހަމައަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދެއްވާނެކަމަށެވެ. އަދި އަމާޒަކީ މާދަމާ ރޭ ސަޕްލިމެންޓަރީ ބަޖެޓަށް ގޮތެއް ނިންމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.