ދަށު ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި މައްސަލަތައް ނުނިމި ލަސްވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެެވެ.

މިއަދު ފެށި ޖުޑިޝަލް އެކްސްޗޭންޖް އޮން އޮލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ސެމިނާގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޤާނޫނީ ކަންކަމަށް ދާ ހަރަދުތައް ބޮޑު ކަމަށާއި، ދަށު ކޯޓުތަކުގައި މައްސަލަތައް ފުނިޖެހި މައްސަލަތައް ނުނިމި ލަސްވާ ކަމަށެވެ.

އަދި ރާއްޖޭގައި ވިޔަފާރިތައް އިތުރުވެފައިވާއިރު އަލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން(އޭޑީއާރް) ގެ ނިޒާމު މިހާރު ރާއްޖެއަށް ވަރަށް މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

"ރާއްޖެ ކުރިއަރައި ވިޔަފާރިތައް އިތުރުވާން ފަށާފައިވާއިރު މިއީ ކުރިއަށް އޮތް ތަނުގައި، ވިޔަފާރިއާ ގުޅޭ މައްސަލަތައް އިތުރުވާނެ އެހެން ކަމުން , އަލްޓަނޭޓް ޑިސްޕިއުޓް ރިޒޮލިއުޝަން(އޭޑީއާރް) ގެ ނިޒާމު މިހާރު ރާއްޖެއަށް ވަރަށް މުހިންމު" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެމްއައިއޭސީ ވުޖޫދަށް އައުމަކީ ރާއްޖޭއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މަހު 23 އިން 25 ގެ ނިޔަލަށް އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓްގެ އެހީގައި މޯލްޑިވްސް އިންޓަނޭޝަނަލް އާރބިޓްރީ ސެންޓަރާއި, ސިލޯން ޗެންބަރ އޮފް ކޮމާރސް އަދި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާރސްގެ ކޮމާޝަލް ލޯ ގުޅިގެން ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ 15 ފަޑިޔާރަކު ބައިވެރިވެއެވެ. އަދި މި ބައްދަލުވުމުގައި ލަންކާގެ 6 ފަޑިޔާރަކު ވެސް ބައިވެރިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.