މިހާރު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ އޭވީސީ ސީނިއަރ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާން އަތުން ބަލިވެ ދިވެހިރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް އެ މުބާރާތުގެ ހަތަރުވަނައިން ފުއްދާލަން ޖެހިއްޖެއެވެ. މި މެޗު ތުރުކުމެނިސްތާނުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭން މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ވެސް ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އުޒްބެކިސްތާނުން ގެންދިޔައީ 25-20، 25-19 އަދި 25-21 އިންނެވެ.

ނޭޕާލުގެ ޓްރިބުވާން އާމީ ކްލަބުގެ އިންޑޯ ކޯޓުގައި ކުޅުނު މި މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ތުރުކުމެނިސްތާނުން ސެޓުތައް ގެންދިޔައީ 25-19، 25-20 އަދި 25-19 އިންނެވެ. އިންނެވެ.

މީގެކުރީން 2016 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ ތިންވަނަ މަގާމު ހޯދާފައިވާއިރު، މިއީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ ޓީމުން ސެމީ އަށް ދަތުރުކުރި ދެވަނަ ފަހަރެވެ.

ހަތް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭން މި ފަހަރު ތަށި ހޯދުމަށް އަމާޒުކޮށްގެން ނުކުތް ނަމަވެސް އެކަން ހާސިލްނުވިއިރު، ތިން ވަނަ މަގާމު ވެސް ނުލިބުނެވެ.

ރޭގެ މެޗާއެކު ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ވޮލީ ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ. އޭނާ ވަނީ މެދުނުކެނޑި 16 އަހަރު ވަންދެން ގައުމީ ޖާޒީގައި މޮޅު ކުޅުމެއް ދައްކާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.