މި ސީޒަނަށް ޔުވެންޓަސްގެ ކޯޗުކަމާ އަލަށް ހަވާލުވި މައުރީޒިއޯ ސާރީ އަށް ނިއުމޯނިއާ ޖެހިގެން ލީގުގައި އެ ޓީމަށް ކުރިއަށް އޮތް ދެ މެޗުގައި ބައިވެރިނުވެވޭނެއެވެ.
ސާރީ އަކީ ވަރަށް ގަދަޔަށް ސިނގިރޭޓް ބޯ މީހަކަށްވާތީވެ، އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ދުވަސްވަރު މެޗުތެރޭގައިވެސް ދުންފަތުގެ އިސްތިއުމާލުކުރެއެވެ. އެހެންކަމުން، އެންމެފަހުން ހެދި ޓެސްޓުތަކުގެ ނަތީޖާއަށް ބަލާއިރު، ފުއްޕާމޭގައި ޖަރާސީމު އަށަގަނެފައިވާކަމް
އެގޮތުން، މިދިޔަ ހަފްތާގައި ޔުވެންޓަސް ކުޅުނު އެކުވެރިކަމުގެ މެޗުގައިވެސް ސާރީ އަށް ވަނީ ބައިވެރިނުވެވިފައެވެ. ނަމަވެސް، އޭނާ މިހާރުވެސް އެ ކްލަބުގެ ފަރިތަކުރުންތައް ކުރިއަށްދާ ވަގުތުތަކުގައި ގަވާއިދުން ދަނޑަށް ގޮސް ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ.
އުމުރުން 60 އަހަރުގެ ސާރީގެ ސިއްހީ ހާލަތާ ގުޅޭގޮތުން، ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައިވަނީ، އޭނާ މުޅީން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށްޓަކައި ލީގުގައި އެ ޓީމަށް ކުރިއަށް އޮތް ދެ މެޗުގައި ބައިވެރިނުވުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ.
ޔުވެންޓަސް އިން ލީގުގެ ފުރަތަމަ މެޗުގައި ޕާމާއާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި ނިކުންނާނީ ސާރީގެ ކުރީގެ ކްލަބު ނަޕޯލީއާ ދެކޮޅަށެވެ.
ސާރީ އެންމެފަހުން އިރުޝާދުދިން ޗެލްސީއާ އެކު ޔުއެފާ ޔުރޮޕާ ލީގު އުފުލާލި ނަމަވެސް މެނޭޖްމަންޓާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ މަގާމު ދޫކޮށްލުމަށް ނިންމީއެވެ.