މަރުހޫމް ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީގެ ބަސްފުޅަށްވެސް މި ސަރުކާރުން ބަލާނުލާ އަންހެން ދެ ބޭފުުޅުންގެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދިއްޖެއެވެ.

ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު، ، ކީރިތި ޤުރުއާނުން ޕީއެޗްޑީ ޙާސިލްކުރެއްވި ދީނީ ޢިލްމުވެރިޔާ އަކީ އިސްލާޙީ މަސައްކަތުގައި ވަރަށް އިސްކޮށް އުޅުއްވި ޢިލްމުވެރިއެކެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގައި އެންމެ ގިނަބައެއްގެ ލޯބި ލިބިފައިވާ އެއް ބޭފުޅަކީވެސް ޑރ.މަޖީދެވެ. އަބަދުވެސް ޙައްޤުގެ މަގުގައި ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު މަރުހޫމް ޑރ.މަޖީދު 2017 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30ވަނަ ދުވަހުގެ ރޭ މ.ކުނޫޒުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މަޖީދު ވިދާޅުވީ، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުކަމާއި ގާޒީކަމަށް އަންހެނުން އައްޔަން ކުރުމަކީ ހުއްދަ ކަމެއްނޫންކަމަށެވެ.

އޭރުގައި އަލްއުސްތާޛާ އާޒިމާ ޝަކޫރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް މަރުހޫމް ޑރ،މަޖީދު ވިދާޅުވީ ދިވެހިރާއްޖެ އަކީ އިސްލާމީ ދައުލަތަކަށް ވާތީ އަޅުގަނޑުމެން ކަންކަން
ކުރަން ވާނީ އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތަށް ކަން ފާހަގަ ކުރައްވަމުން
ޑރ. މަޖީދު ވިދާޅުވީ ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް
ވާންޖެހޭނެ ކަމަށް ބުނާ ބުނުމަކީ ހުރިހާ އިލްމުވެރިން އިއްތިފާގުވާ ކަމެއް
ކަމަށެވެ. އެހެން ނަމަވެސް ހަނަފީ މަހުޒަބުގެ އިލްމުވެރިން ދެކޭ ގޮތުގައި
އާއިލީ މައްސަލަތަކާއި މަދަނީ މައްސަލަތަކުގައި އަންހެނުންނަށް ހުކުމް
ކުރެވިދާނެ ކަމަށާއި އެކަމަކު (ގިނަ އިލްމުވެރިން) ޖުމްހޫރު އިލްމުވެރިން
ދެކޭ ގޮތުގައި އެއްވެސް މައްސަލައެއް ނިންމަން ގާޒީންގެ މަގާމަށް
އަންހެނުން އައްޔަންކުރުން ހުއްދަ ނޫން ކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ.

އަންހެނުން ގާޒީންގެ މަގާމަށް އައްޔަންކުރަން ބާރުދޭ އެއްވެސް ބަސްފުޅެއް
ޤުރުއާނުގެ ސައްހަ މަގަކުން އައިސްފައި ނުވާ ކަމަށް މާލިކީ މަޒުހަބުގެ
އިލްމުވެރިއެއް ކަމަށްވާ އަލް އިމާމު އިބުނުލް އަރަބިއްޔާ ވެސް ވިދާޅުވާ
ކަމަށެވެ. އަދި ވިދާޅުވީ ގިޞާސްގެ މައްސަލަތަކާއި ހައްދުތަކުގެ
މައްސަލަތަކުގައި އަންހެނުން ކުރާ ހުކުމް ހުއްދަ ނުވާނެ ކަމަށް ހުރިހާ
އިލްމުވެރިން އިއްތިފާގުވާ ކަމަށެވެ.

"އެހެންވެ، ހަނަފީ އިލްމުވެރިންނާއި ގިނަ އިލްމުވެރިންނަށް ބެލިކަމުގައި
ވިޔަސް، ގިސާސްގެ މައްސަލަތަކާއި ހައްދުތަކުގެ މައްސަލައިގައި އަންހެނުން
ކުރާ ހުކުމް ހުއްދައެއް ނުވާނެ. މިއީ އެއްވެސް ހިލާފެއް އޮތް ކަމެއް ނޫން،" އެރޭގެ ޖަލްސާގައި މަޖީދު ވިދާޅުވި އެވެ.

އިސްލާހީ ޚަރާކުތައި އިސްކޮށް އުޅުއްވި ދީނީ ޢިލްމުވެރިޔާގެ ރައުޔު މިކަމުގައި މިހާ ފުރިހަމައަށް އޮތް އޮތުމުގެ އިތުރުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ވަނީ އަންހެނުން ފަނޑިޔާރުންނަށް ހުއްދަ ނުވާނޭކަމަށް ފަތުވާ ނެރެފައިވަނިކޮށް ސަރުކާރުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް
ކޯޓުގެ ފަނޑިޔާރުކަމަށް މ.ސީނާ ޑރ.އަޒްމިރަލްޑާ ޒާހިރު އަދި
މ.ކޮކާހަނދުވަރު އައިޝާ ސުޖޫން މުހައްމަދު އައްޔަންކުރުމާމެދު ޖުޑީޝަލް
ސާވިސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ޢިލްމުވެރިން އަންނަނީ ސަރުކާރުގެ މި ނިންމުމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޝެއިޚް ޢަލީ ޒައިދު ވިދާޅުވީ، އަންހެނުން ޝަރުއީ ކޯޓުތަކުގެ އެއްވެސް މަރުހަލާއެއްގައި ގާޒީ ކަމަށް އައްޔަނު ކުރުމަކީ އިސްލާމީ ޝަރީޢަތާއި، މި ޝަރީޢަތުގެ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފުކަމެއް ކަމަށެވެ.

އިތުރަށް ޒައިދު ވިދާޅުވީ، އިސްލާމީ ގައުމެއްގެ އެންމެ އިސް ކޯޓަށް ވަކިން ޚާއްސަކޮށް ޖިނާއީ މައްސަލަތައް ބަލަން އަންހެން ކަނބަލުން ގާޒީންގެ ގޮތުގައި އައްޔަންކުރުމަކީ ޤުރުއާނާއި ހަދީޘާއި ޚިލާފު ބޮޑު މުންކަރާތެއްކަމަށެވެ. މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. ﷲގެ މަގު ހެޔޮކަން ބޮޑުކަމެވެ.

ޝެއިޚް ޒައިދުގެ ބަސްފުޅަށް ތާޢީދުކުރައްވާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެފައިވަނީ އެއީ ވަރަށް ރަނގަޅު ދިރާސާއެއްކަމަށާއި، ޒައިދު ހާމަކޮށްދެއްވީ ކަން އޮތްގޮތްކަމަށެވެ.

މި މައްސަލައިގައި ޝެއިޚު އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ، ޝަރުއީ ކަންކަމުގައި ލަފާ ހޯދަން އޮންނަ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކީ އަންހެނުން ގާޒީކަމަށްލުން ހުއްދަ ނުވާނޭކަމަށެވެ. އަދި އެންމެ މަތީ ބާރުން ފަތުވާ މަޖިލީހުގެ ފަތުވާއަށް ގޮންޖެހުމަކީ މުޅި އިސްލާމީ އުސޫލުތަކާއި ދީނީ ޢިލްމުވެރިނަށް ޖެހި ޖޯކެއްކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ނައިބުރައީސް އައްޝައިޚް ޙަސަން މޫސާ
ފިކްރީ ވިދާޅުވެފައިވަނީ އަންހެނުން ޤާޟީކަމަށް އިސްކުރުމަކީ
އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި ސުޕްރީމް ކޯޓަށް އަންހެން
ފަނޑިޔާރުން އިސްނުކުރެއްވުމަށް އިބޫސޯލިޙުއަށް އިލްތިމާސް ކުރާކަމަށެވެ.
އަދި މާތް ﷲ ބާވައިލެއްވި ޝަރީޢަތުގެ ކަންކަން މީސްތަކުންގެ އަތްތަކުން
މުގުރަމުންގޮސްމެނުވީ ޤިޔާމަތް ނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަންހެނުން ޤާޟީކަމަށް އައްޔަނު ކުރުމާއިދެކޮޅަށް އަޑުއުފުއްލެވި
ޢިލްމުވެރިންގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް، އައްޝައިޚް ޢަބްދުﷲ
ބިން މުޙައްމަދު އިބްރާހީމް އެބޭފުޅާގެ ޓްވީޓާގައި މިއަދު
ވިދާޅުވެފައިވަނީ އިސްލާމީ ދައުލަތެއްގެ އެންމެ އިސް ފަނޑިޔާރުންގެ
މަޤާމަށް އަންހެނުން އިސްކުރުން ހުއްދަވެގެން ނުވާކަމަށެވެ. އަދި އެންމެ
މާތް އެންމެ ޢިލްމުވެރި، އަދި އެންމެހައި މުސްލިމުންގެ
މަންމައިންކަމުގައިވެފައިވި އަންހެން ކަނބަލުންނަށްވެސް އިސްލާމީ
އުއްމަތުގެ އެންމެ މާތް ތިން​ޤަރުނުގައި ޤާޟީކަން ދެއްވާފައި ނެތް އިރު
ދެން އެކަމުގައި އޮންނާނީ ކޮން ހެވެއްތޯ ވިދާޅުވެ ޝައިޚް ޢަބްދުﷲ ވަނީ
ސުވާލު ކުރައްވާފައިވެއެވެ.

ދީނީ އިލްމުވެރިން މިގޮތަށް ރައުުތު ނެރެމުންދާއިރު އަދި ސަރުކާރުގެ ނިންމުމަކީ ދީނާއި ޚިލާފުކަމެއްކަމަށް ވިދާޅުވަމުންދާއިރު، "ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ ދީނީ ސިޔާސަތުތައް" ގައި ބަޔާންކޮށްފައިވަނީ އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތގެ ބިންގާ ކަމަށާއި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަނޑައަޅާ ހިނދު، ދައުލަތުގެ އެންމެހާ ކަންކަން ހިނގަމުންދަނީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރެވޭނޭކަމަށެވެ. އަދި އިސްލާމް ދީނުގެ މަތިވެރި އަޤީދާ ވަރުގަދަކޮށް ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނުގެ ވަހުދަތު ދެމެހެއްޓުމަށް މުއައްސަސާތަކުން މަސައްކަތްކުރާނޭކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.