ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުފައްދަން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފި އެވެ.

އެމްއާރްއެމް އުފައްދަން އީސީއަށް ފޯމް ހުށަހެޅީ 3،313 މީހުންގެ ސޮޔާއެކު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އެމްއާރްއެމް އުފައްދަން އެންމެ ފުރަތަމަ ހުއްދަ ދޫކުރީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް ފަހުން އެ ހުއްދަ ދީފައިވަނީ މިނިސްޓަރ ޔުމްނާ އަށެވެ. 

ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.