ސަރުކާރުގެ އިސް މަގާމުތަކުގައި ހުރި އިރު އަމަލުކުރައްވާފައިވާނީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބު އެފަދައިން ވިދާޅުވެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވަނީ، އަދީބު ދައުލަތުގެ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު ޤާނޫނާއި ޚިލާފު އަމަލުތަކެއް ހިންގާފައި ހުންނާނެތޯ ސުވާލުކުރައްވާފައެވެ.

"އަޅުގަނޑު އަމަލުކޮށްފައިވާނީ ރައީސް ޔާމީން ވިދާޅުވި ގޮތަކަށް، އެހެން އަޅުގަނޑު ކޮށްފަ އޮންނާނީ. ދެން ޤާނޫނީ ގޮތުން އަޅުގަނޑަކީ ޤާނޫނީ މާހިރެއް ނޫން ކޮންމެ ކަމަކުން ޤާނޫނުބަލަން." ޖަވާބުގައި އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ކަންކަމުގައި އަމަލުކޮށްފައިވަނީ ރައީސް ޔާމީން އެންގެވި ގޮތަކަށްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.