ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާގެ ތެރޭގައި ރަށެއް ވިއްކައިގެން ލިބުނު ފައިސާ ހިމެނޭކަމަށް ތުހުމަތު ކުރެވޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މުއައްވިޒް އެފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯންޑްރިންގ ގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ. 

އެޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ވަކީލް މުއައްވިޒް އާއި ސުވާލުކުރައްވަމުން، އެމްއެމްޕީއާރްސީން ރަށެއް ވިއްކައިގެން ލިބުނު ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި އިރު އިތުރު ފައިސާއެއް އެސްއޯއެފްގެ އެކައުންޓްގައި ހުރިތޯ ސުވާލުކުރިއެވެ. އެސުވާލުގެ ޖަވާބުގައި މުއައްވިޒް ވިދާޅުވީ، 8 ލައްކައެއްހާ ޑޮލަރު އެސްއޯއެފްގެ އެކައުންޓްގައި ހުރިކަމަށެވެ. އަދި ރަށްވިއްކައިގެން ލިބުުނު ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވުމުން އެ އެކައުންޓުގައި ޖުމުލަ 1.8 މިލިއަން ޑޮލަރު ހުރިކަމަށް ވިދާޅުވިއެވެ.

އަދި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް 5 ލައްކަ ޑޮލަރު ދެ ފަހަރެއްގެ މަތިން ޖަމާވެފައިވަނީ، ރަށްވިއްކައިގެން ލިބުނު ކަމަށް ތުހުމަތުކުރެވޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާވި ފަހުން ކަމަށް މުއައްވިޒް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ޖުމުލަ އެއް މިލިއަން ޑޮލަރުގެ ތެރޭގައި ކޮރަޕްޝަންގެ ފައިސާ ހިމެނޭކަމަށް ތުހުމަތު ކުރެވޭކަމަށް މުއައްވިޒް ވިދާޅުވިއެވެ.

  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.