ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ލޯކަލް ކައުންސިލް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

"އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރުވަނީ ޑްރާފްޓް ކުރެވިފައި ކަމަށާއި އެ ބިލް ހުށައެޅިގެންދާނީ މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަން ނިންމާފައިވާ ބައެއް އިސްލާހުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ ކަމަށާއި އަދި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތަ އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ 100 އިންސައްތަ ކައުންސިލްތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައި ކަމަށެވެ.

"އެހެންކަމުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ" ރައީސް ވިދާޅުވިއެވެ.

މި އިސްލާހުތައް އެ ގާނޫނަށް ގެންނަން ބޭނުންވާ މައިގަނޑު މަޤްޞަދަކީ މާލީ ގޮތުންނާއި، އިޖުތިމާއީ ގޮތުން 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.