މާލޭ މަސްވެރިންގެ ޕާކުގައި ކުރޫޒް ޓާމިނަލް ބިލްޑިންގ އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޑަބްލިއުއެސްސީ އިން ކުރި އިއުލާން ބާތިލްކޮށް އެސަރަހައްދުގައި ރެސްޓް ރޫމެއް (ފާހާނާ ބަރިއެއް) އިމާރާތް ކުރަން އިއުލާން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ މަސްވެރިންގެ ޕާކުގައި ރެސްޓް ރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރާކަމަށާއި މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ރެސްޓް ރޫމެއް އެޅުމުގެ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަނިކަމަށާއި ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ ކަމަށެވެ. އަދި ބީލަން ފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 22 އޮގަސްޓް 2019 އިން 26 އޮގަސްޓް 2019 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމްޑަބްލިއުއެސްސީގައެވެ. 

ބީލަން ފޮތް ދޫކުރުން 28 އޮގަސްޓުގައި އޮންނަ އިރު ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ ގައެވެ.  މީގެ އިތުރުން ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 05 ސެޕްޓެމްބަރ 2019 ވާ ދުވަހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.