މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް ނެރެފައިވާ ބަޔާނުގައި ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމަށެވެ.
މިހަފްތާގައި ވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. އެހެން ނަމަވެސް އެއްވެސް ރަށަކަށް އުދައިގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ނަމަވެސް އާންމުގޮތެއްގައި ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.