ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ އަޑުއެހުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުވެއްޖެއެވެ.
ޔާމީންގެ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 09:30 ގައެވެ. ނަމަވެސް އަދި އެ ޝަރީއަތް ފަށާފައެއް ނުވެއެވެ،.
މިއަދުގެ ޝަރީޢަތުގައި އޮންނާނީ ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ނަގާނީ އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަހެވެ.
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ވެސް މިއަދު ނަގަން ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ލުތުފީ ވަނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.