ކަންކަން ނުކުރެވިގެން ސަރުކާރު ބަދުނާމު ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ،
ޤާސިމް އެފަދައިން ވިފާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި ފަރާތްތަކުގެ ފޯމް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ މި ސަރުކާރަށް ކަމެއް އޭގެ އެންމެ ހަލުވި މިނުގައި މަސައްކަތް ނުކުރެވިގެން އުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހާވާފައިވާ ހަޑިތައް ސާފުކުރަން ޖެހޭތީކަމަށެވެ.
ނިގުޅައިގެންފައިވާ ހައްޤުތަކާއި ޤާނޫނުތަކަށް ގެނެސްފައިހުރި ބަދަލުތައް އިސްލާހުކޮށް މަޝްރޫއުތަކަށް ފައިސާ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
"ލިބުނު ހުރިހާ ފައިސާ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކަށް ދަރަނި އަދާކުރަން ޖެހުނީމަ އެ އަދާކޮށް ނިންމާފައި ދެން އިތުރަށް މަސައްކަތްކޮށްގެން އަދި ދަރަންޏަށް ތަނަކުން ލާރި ހޯދައިގެން ނަމަވެސް ކުރެވޭނީ މިދެންނިވި ގޮތައް ފައިސާ ހޯދައިގެން،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެއްވެސް ސަރުކާރަކަށް އަހަރެއް ދޮޅު އަހަރު ވެގެންދިޔައިރު މާބޮޑެތި ކަންކަން ކުރެވިފައި ނެތްކަމަށެވެ. އެހެންނަމަވެސް އެސަރުކާރު ތަކާއި އަޅާ ބަލާއިރު ރައީސް ސޯލިހްގެ ސަރުކާރުގެ ސްޕީޑް ހަލުވިކަމަށް ޤާސިމް ވިދާޅުވިއެވެ.