ޤާނޫނު އަސާސީއާއި ހިލާފަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކޮށްފައިވާ ގިނަ ކަންތައްތަކެއް ދިރާސާކުރުމަށް ފަހު ޖުޑީޝިލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަފްސީލު ހިމެނޭ ގޮތަށް ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ފޮނުވަން ޖޭއެސްސީއިން ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.
ޖޭއެސްސީން ބުނީ ސުޕްރީމް ކޯޓުން އެކޮމިޝަނާއި ރައްޔިތުންގެ މަޖިލިސް އަދި އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް، އެ ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަން ދިރާސާކުރި ކޮމިޓީން، ތައްޔާރުކުރި ރިޕޯޓުގައި ހުށަހަޅާފައިވާ ގޮތަށް ފާސް ކުރުމަށް ފަހު މަޖިލީހަށް ފޮނުވަން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ،
ނަމަވެސް އެ ރިޕޯޓުގައިވާ ކަންތައްތަކުގެ ތަފްސީލެއް ޖޭއެސްސީން ދީފައެއް ނުވެއެވެ.