މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު،  އަލީ ވަހީދު ވިދާޅުވީ، މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް އެއް މިލިއަން ފަތުރުވެރިން އައިސްފައިވާ ކަމަށާއި، އެހެންކަމުން، މި ސަރުކާރަށް އަހަރެއްވާއިރު، ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު ހާސިލްވުމުގެ އުންމީދު އާވެފައިވާ ކަމަށެވެ.

ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް  994،733 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 17.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 132،144 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، އަށް އިންސައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޔޫރަޕުންނެވެ. އަދި ވަކިވަކި ގައުމުތަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.