ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އާންމުކޮށް ނުފެންނަ ވައްތަރެއްގެ މަހެއް، އަނގޮޅިތީމު ބަޔަކު ބާނައިފިއެވެ. 

އަނގޮޅިތީމުގެ ބޭޔޖް ކަނޑުއޮޅި ކައިރިުން މި މަސް ބާނާފައި ވަނީ އަނގޮޅިތީމުން މަހަށް ނިކުމެ އުޅުނު 4 މީހަކެވެ. މި މަހުގެ ބަރުދަނުގައި 15 ކިލޯ ހުރި އިރު ދިގުމިނުގައި ތިން ފޫޓު ބައި ހުންނަ ކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ބުނެއެވެ.

އަނގޮޅިތީމު މަސްވެރިން ބާނައިފައިވާ މި މަހަށް އިނގިރޭސި ބަހުން ކިޔަނީ އައޮލް ފިޝް އެވެ. މި މަހަކީ އާންމު ގޮތެއްގައި ކަނޑުގެ 200 އާ 400 މީޓަރާ ދެމުދުގެ ފުން މިނެއްގައި އަޑީގައި ދިރިއުޅޭ މަހެކެވެ. މި މަހަކީ އާންމުކޮށް 300 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.