ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި މެދު ކަންކަން ކުރައްވަނީ ވަރަށް ދީލަތިކޮށް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވަމުން އަންނަ އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ރައީސް ނަޝީދަށް ތައުރީފް ކުރެއްވީ، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެެވެ. 

އެގޮތުން އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިހާރު އިދިކޮޅު މެންބަރުންނަށް ލިބިފައި އޮންނަ ވަގުތުވެސް އިތުރު ކަމަށާއި، ރައީސް ނަޝީދު ކަންކަން ކުރައްވަނީ ދީލަތި ކަމާއެކީގައި ކަމަށެވެ.

"ހަގީގަތުގައި މަޖިލިސްގެ ރައީސް، އިދިކޮޅު ފަރާތްތަކަށް ހަމަ ވަރަށް ދީލަތި ކަމާއެކީގައި އެކަން އެބަ ކުރައްވާ. އަޅުގަނޑުމެންގެވެސް ފިކުރާ އެކީގައި، މިހާރު އިދިކޮޅު ފަރާތްތަކަށްވެސް، ކޮންމެ މެންބަރަކަށް ލިބިފައި އޮތް ވަގުތުވެސް އިތުރުވެފައި އެބައޮތް." އާދަމް ޝަރީފު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ އަޑުތައް އިއްވުމުގެ ބަދަލުގައި ހަމަހަމަކަމާއި އެކު ހުރިހާ މެންބަރުންނަށްވެސް ފުރުސަތު ދެއްވަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.