ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގ މައްސަލައިގައި ހެކި ބަސް ނުދޭން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ނިންމަވައިފިއެވެ.

ކްރިމިނަލް ކޯޓުން ބަލާ މި މައްސަލައިގެ ހެކިބަސް ނެގުން އޮންނާނީ މާދަމާ ހެނދުނު 9:30 ގައެވެ.

ލުތުފީ މިހާރު ދިރިއުޅުއްވަމުން ގެންދަަވަނީ ރާއްޖެއިން ބޭރުގައެވެ. ލުތުފީ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލާގާއި އަދުލުވެރިކަމާއެކު ހެކި ބަސް ދެވޭނެ މާހައުލެއް ގާއިމްވެގައި ނުވާ ކަމަށެވެ.

"އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފިނަމަ އަޅުގަނޑުގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި އަދި ކިތަންމެ މަޖުބޫރެއް ކުރިޔަސް އަދި ކިތަންމެ އިންޒާރެއް ދިނަސް އެއްވެސް ފަރާތަކާ ދެކޮޅަށް ކޯޓުގައި ދޮގު ހެކި ބަސް ދޭން އަޅުގަނޑު ބޭނުން ނުވާތީ ހެކި ބަސް އަދާ ކުރަން އަޅުގަނޑު ތަނާޒަލްވާ ވާހަކަ ދަންނަވަން،" ލުތުފީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ދައުލަތުން ހުށަހަޅައިފައިވާ ހެކީންގެ ތެރޭގައި ހަސަން ލުތުފީގެ އިތުރުން ދެން ހިމެނެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭގިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތާއި ބީއެމްއެލްގެ ބޯޑު މެމްބަރު މުހައްމަދު ލުވެއިޒާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފާއި މުހައްމަދު ވަސީމް އިސްމާއީލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.