ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖަންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެންސްޕާ މިހާރު ހިންގަމުން ގެންދަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.
ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރާ ގޮތަށް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.
އެންސްޕާ ޖެންޑަރ މިނިސްޓަރީގެ ދަށަށް ބަދަލުކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެންބަރުންގެ އިއްތިފާގުންނެވެ
އެ އިސްލާހުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި މެންބަރު ހާރޫން ވިދާޅުވެފައިވަނީ އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލުކުރުން ކަމަށެވެ.