2020ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ޕްރޮގްރެސިވް ކޯލިޝަނުން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. 

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޕްރޮގްރެސިވް ކޯލިޝަން ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނޭކަމަށެވެ. އަދި މި އިންތިޚާބުގައި ވަގު ނުހެދޭނެ ވަރަށް ފާރަވެރިވާނޭ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް ވިދާޅުވީ، އެންމެ ފަހުން ނިމި ދިޔަ ދެ އިންތިޚާބަކީވެސް ބޮޑެތި ގިނަ ތުހުމަތުތަކެއް ރައްޔިތުން ކޮށްފައިވާ ދެ އިންތިޚާބުކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގައި ވަގު ހަދާފައިވާކަމަށް ގިނަ ރައްޔިތުންތަކެއް ތުޚުމަތުކުރާކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.

ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު ކުރިޔަށް އޮތް އިންތިޚާބުގައި އެފަދަ އެއްވެސް ފުރުސަތެއް ނުދޭނޭކަމަށާއި، އިންތިޚާބަށް ދުރާލާ ތައްޔާރުވާން ފެށި މައިގަނޑު ސަބަބަކީ އެއީކަމަށްވެސް ޝުޖާ ވިދާޅުވިއެވެ. 

ޝުޖާވަނީ ޕާޓީގެ މެންބަރުން އެކަތިގަނޑަކަށްވެ ކުރިޔަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް ތައްޔާރުވުމަށް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.