ދޮން ބައްޕައެއް 13 އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އާއްމު ފަރާތަކުން މި މައްސަލައާއި ބެހޭގޮތުން ޓްވީޓްތަކެއް ކޮށްފައިވާއިރު، މި ފަރާތުން ބުނެފައިވަނީ، 13 އަހަރުގެ ކުއްޖަކަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންފާ މައްސަލައެއް ޖުލައި މަހުގެ 29 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާނެކަމަށެވެ.
އެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި މި ކުޑަކުއްޖާއަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ މިހާރު ވަނީ ތިން އަހަރުވެފައެެ.
މި މައްސަލަ ރިޕޯޓުކުރިތާ އަނެއްދުވަހު އެ ފަރާތުގެ ބަޔާން ދީފައިވާއިރު، އޭގެ އަނެއްދުވަހު ކުޑަކުއްޖާގެ ބަޔާންވެސް ދީފައިވާކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
އަދި މައްސަލަ ތަހުގީގު ކުރަން އޭގެ އަނެއްދުވަހު އޮފިސަރެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ނަމަވެސް އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ބުނެ 119 އިން އޭނާއަށް މެސެޖެއް ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅިތާ މިހާރު 21 ދުވަސް ވެފައިވާއިރު، ފުލުހުންގެ ފަރާތުން އެއްވެސް ކުރިއެރުމެއް ނުފެންނަ ކަން އެފަރާތުން ފާހަގަކުރެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެކެވެ. އަދި މި ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.