ކުޅިވަރު
ސްޕޯޓްސް މިނިސްޓްރީން ވެޓަރަންސްގެ ދަފްތަރެއް އެކުލަވާލައިފި

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާއްޖޭގެ އެކި ކުޅިވަރުތައް ހިމެނޭ ވެޓަރަންސް ދަފްތަރެއް އެކުވާލައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން ވެޓަރަންސްގެ ދަފުތަރު އެކުލަވާލިކަން އިއުލާނުކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މި ދަފްތަރު އެކުލަވާލާފައިވާނީ ނޭޝަނަލް ސްޕޯޓްސް ކައުންސިލާއި މަޝްވަރާކޮށް ވަކި ކްރައިޓީރިއާ ތަކެއް ހިމެނުމަށްފަހު ކަމަށެވެ. އަދި މި ދަފްތަރު މިހާރު ގެޒެޓްކޮށް، ސްޕޯޓްސް މިނިސްޓްރީގެ ވެބްސައިޓާއި ކޮމިޝަނާރ އޮފް ސްޕޯޓްސްގެ ވެބްސައިޓުން ނޮމިނޭޓް ކުުރެވޭ ގޮތަށް ދަފްތަރު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ފަރާތެއް މި ދަފުތަރުގައި ނޮމިނޭޓް ކުރެވިދާނެ ކަމަށެވެ. އެއަށްފަހު، އެ ކުޅިވަރަކާ ބެހޭ އެސޯސިއޭޝަނަކާ މަޝްވަރާކޮށް، ވެރިފިކޭޝަން މަރުހަލާ ނިމުމުން ދާއިމީކޮށް ވެޓަރަންސްގެ ރަޖިސްޓްރީގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެޓަރަންސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ވާނެ އެވެ. އެގޮތުން، ނެޝަނަލް އިންސުއަރެންސް ސްކީމްގެ ދަށުން އިންޝުއަރެންސް ލިބުމާއި، ހާއްސަ ވެޓަރެންސް ބެޖެއް ދިނުމާއި، ސަރުކާރުން ބާއްވާ ކުޅިވަރުގެ އެކިއެކި ހަފްލާތަކަށް ދައުވަތު ދިނުމާއި، ނޭޝަނަލް ޓީމުތަކަށް އިރުޝާދު އެރުވުމާއި، ޓީމުތައް ބޭރަށް ދިއުމުގެ ކުރިން މޯޓިވޭޝަނަލް ސްޕީޗް ދިނުމާއި، އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެއިތުރުން، ބޮޑެތި ގޭމުތަކަށް ފުރާއިރު، ރާއްޖޭގެ ކޮންޓިންޖެންޓުގައި ވެޓަރަންސް ތެރެއިން ވަކި އަދަދެއް ހިމަނާ ގޮތަށް ވަނީ ނިންމާފަ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ވިސްނުމަކީ، ކެރިއާ ނިންމާލާ ހިސާބުން އެ ބޭފުޅުންނަށް ތަފާތު އެކި ފުރުސަތުތައް ހޯދައިދީ، ކުޅިވަރުގެ އާއިލާ ތެރޭގައި ޝާމިލް ކުރުމެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top