ހައްޖުވެރިންނަށް ފަސޭހަކަމާއި އެކު ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗްގައި ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ހައްޖުވެރިންނަށް ހާއްސަކޮށްގެން އިއްޔެ ހުޅުވި އޯޕީޑީ ކުލިނިކް ހިނގަމުންދާނީ މެންދުރު 2.00-ރޭގަނޑު 10.00އަށް ކޮންމެ ހަފުތާ އެއްގެ އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، އަދި ބުރާސްފަތި ދުވަހު، ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަމަށްފަށްފަހު ހައްޖުވެރިން އެނބުރި އަންނައިރު ބަލިތައް ފެތުރުން އިތުރުވާތީ މިކަމަށް ސަމާލުވުމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެއައުމަށް މިމަހުގެ 17 ވަނަ ދުވަހު ފަށާފައިވާއިރު، އެންމެ ފަހު ހައްޖުވެރިން ރާއްޖެ އައުމަށް ފުރާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 12:25 ގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.