ބޫޓާންގެ ޒުވާން ތިން ލަވަކިޔުންތެރިން ކިޔައިފައިވާ ދިވެހި ލަވަ ""ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ"ގެ ކަވަރ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ބޫޓާންގެ ރެކޯޑް ލޭބަލް ސްޓޫޑިއޯއެއް ކަމަށްވާ އެމް ސްޓޫޑިއޯގައި ރެކޯޑްކޮށްފައިވާ "ޗާލޭ"ގެ ކަވަރ ކިޔައިފައިވަނީ އެގައުމުގެ މަޝްހޫރު ހިޓް ލަވަތަކެއް ކިޔާފައިވާ ލަވަކިޔުންތެރިޔާ އަދި އެކްޓަރު އުގްޔެންއެވެ. މި ދިވެހި ލަވަ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ދިވެހިންނެއް ވަނީ މި ލަވައިގެ އަވައިގައި ޖެހިފައެވެ.
ޒުވާން އަންހެން ކުއްޖެއްގެ ރީތިކަން އޭގެ އެންމެ ފުރިހަމައަށް ސިފަކޮށްދީފައިވާ ދިވެހި ލަވަ، "ޗާލޭ މަގޭ ރަންކޮޅާ، ޗާލޭ މަގެ ދޫންޏާ" އަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވި ޓްރިއޯ ބޭންޑުގެ ކުރީގެ ލަވަކިޔުންތެރިޔާ މޫސާ ޝިފާއު (ޓްރިއޯ)ގެ އަޑުން ދެހާހުގެ ކުރީކޮޅު ގެނެސްދިން ލަވައެވެ.
"ޗާލޭ" އެލަވަ މީގެ ކުރިންވެސް ވަނީ ރާއްޖޭން ބޭރުގެ ފަންނާނުން ހުށަހަޅައިދީފައެވެ. އެގޮތުން އިޓަލީގެ ޕޮޕް ލަވަކިޔުންތެރިޔާ ލެއްލޯގަރޭއްލީ ކިޔައިދިން ކަވަރ އާއި ރާއްޖޭގެ ރިސޯޓްތަކުގައި ހުށަހަޅައިދޭ "އޯވާ ދަ މޫން" ޑުއާ ފާހަގަކޮށްލެވެއެވެ.
ޗާލޭ ލިންކް