ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިމާރާތްކޮށްފައިވަނީ 200 ފްލެޓެވެ. އޭގެ ތެރެއިން 120 ފްލެޓު އެ ސިޓީގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާއިރު، އެ ފްލެޓުތަކަށް އެދި 138 ފަރާތަކުން ފޯމު ހުށަހެޅިއެވެ.

އެ ޕްރޮގްރާމުގެ ދަށުން 20 ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ. އެ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅައިފައި ވަނީ 15 ފަރާތަކުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ  ޕޮއިންޓް ލިބިފައިވާ ގޮތާ މެދު، އިތުރަށް ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 27 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމާ ހަމައަށް ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.