މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި 259 މައްސަލަ ރެޖިސްޓްރީ ކުރިކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން އާންމުކޮށްފައިވާ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކޮމިޝަނަށް ހުށަހެޅި ރެޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ބަލަން ނިންމާފައިވަނީ 251 މައްސަލައެވެ.

އަދި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ 18 މައްސަލައެއް އެހެން އިދާރާރަކަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން އޭސީސީގެ މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ މައުލޫމާތު ނުލިބޭތީ މިއަހަރުގެ ދެވަނަ ކުއާޓާރުގައި 44 މައްސަލައެއް ނުބަލައި ދޫކޮށްލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭސީސީ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް އެންމެ ގިނައަދަދަކަށް އެ ކޮމިޝަނަށް ހުށަހެޅި ރެޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.