ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އިން އާ ބީޗް ކޮޓަރިތަކެއް ހަދައި ހުޅުވައިފި އެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާ އިން ބުނި ގޮތުގައި އެ ރިސޯޓުގައި ހުޅުވި "ބީޗް ސުއިޓް" ހަދާފައިވަނީ އާއިލާ އެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭނެ ވަސީލަތްތަކާއެކުގަ އެވެ.

މި ކޮޓަރިތައް ފަރުމާކޮށްފައިވަނީ މިތަނުގައި ތިބޭއިރު މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށެވެ. އެ ތަނުގެ ކޮންމެ ސުއިޓެއްގައި ދެ ކޮޓަރި ހުރެ އެވެ.

މި ތަން ފަރުމާކޮށްފައިވަނީ ދިވެހި ވަންތަ ސިފަތައް އެކުލެވޭ ގޮތައް ކަމަށް ލިލީ ބީޗް ރިސޯޓުން ބުނެއެވެ.

އދ. އަތޮޅުގައި ހިންގަމުން ގެންދާ އޯލް އިންކްލޫސިވް ރިސޯޓެއްކަމުގައިވާ، ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގައި ފަސް ގިންތިއެއްގެ 125 ކޮޓަރި ހުރެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.