ހާބަރު ސަރަހައްދުގައި ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ތަރައްގީކޮށްފައިވާ ފުޑް ކޯޓުތަކުގެ ތެރެއިން މިހާރު ހިދުމަތް ނުދޭ ތިން ޔުނިޓެއް ކުއްޔަށް ދޭން ނިންމަައި، ބިޑަށް ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ މިހާރު ހުސްކޮށް ހުރި ތިން ފުޑްކޯޓަށް ބިޑް ކުރުމުގެ ފުރުސަތު މިމަހުގެ 28ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި، ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އިއްޒުއްދީން މަގާ ވީ ފަޅިން ޔުނިޓް ނަންބަރު 26 އާއި ޔުނިޓް ނަންބަރު 22 އަދި އަމީނީމަގާ ވީ ފަޅިން ޔުނިޓް ނަންބަރު 10 އެއް ކަމަށެވެ.

ޔުނިޓް ނަންބަރު 26 ވަނަ ފުޑް ކޯޓަކީ 960 އަކަފޫޓްގެ ޖާގައިގެ ތަނެކެވެ. އަދި ޔުނިޓް ނަންބަރު 22 އަކީ 1660 އަކަފޫޑްގެ ޖާގައިގެ ތަނެއް ކަމަށާއި، ޔުނިޓް ނަންބަރު 10 އަކީ 960 އަކަފޫޓްގެ ތަނެއްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ފުޑްކޯޓު ތައް ކުއްޔަށް ދޭން ނިންމާފައިވަނީ ބޭސް ރޭޓް، އަކަފޫޓެއް 53 ރުފިޔާގެ މަގުންނެވެ. އެސްޓީއޯއިން ބުނީ ކޮންމެ ފަރާތަކަށްވެސް ބިޑް ކުރެވޭނީ ގިނަވެގެން ދެ ޔުނިޓަށް ކަމަށާއި ބިޑް ކާމިޔާބު ކުރާތާ ހަތް ދުވަސް ތެރޭ އެކަން އެންގުމުން ތިން މަހުގެ ސެކިޔުރިޓީ ދައްކަން ވާނެ ކަމަށެވެ.

ފުޑް ކޯޓުތަކަށް އެއްވެސް ބަަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށް އެ ކުންފުނީގެ އިއުލާނުގައިވެއެވެ.

ހާބަރު ސަރަހައްދުގައި ތަރައްޤީ ކުރި ފުޑް ކޯޓުތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރެވުނު ފުޑް ކޯޓުތަކެކެވެ. އަދި އެތަނުގައި މާލޭގެ ނަން މަޝްހޫރު ކެފޭ/ރެސްޓޯރެންޓްތައް ހިންގަމުން އާދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.