ރައްޔިތުންގެ މަޖިލީހުގެ ކާއެއްޗެހިން ފެނުނީ "ހުރަހެއް"ގެ ގޮތުގައި ބޭނުންކުރާ އެއްޗެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކެއުމަށް ހުރި ތަކެތީގެ ތެރެއިން "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނުނު ކަމަށްބުނެ މަޖިލީހުގެ ބައެއް މެމްބަރުން ބުނެފައިވާއިރު، ރައީސް ނަޝީދު މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ކާތަކެތީގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅެއްކަމަށެވެ. 

"މިތަނުގެ އިއްޔެގެ ކޮށްތުން ފެނުނީކީ ހުރަހަކަށް ބޭނުންކުރެވޭނޭ ބާވަތުގެ އެއްޗެއްނޫން. މިތަނުގެ ކޮށްތުން ފެނިފަ އޮތީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެއީ، އަޅުގަނޑު ބަލާ ތަހުޤީޤުކުރިން، އެ އެތި އަޅުގަނޑު ބެލިން. އަޅުގަނޑަށް ފެންނަފެނުމުގައި އެއީ ކާއެއްޗެތީގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކް ކޮޅެއް. ނުވަތަ ރަބަރު ކޮޅެއް." 

ކާއެއްޗެތީގެ ތެރޭގައި ޝައްކުއުފެދޭޒާތުގެ އެއްޗިސް ހުރުމަކީ މަޖިލީހުން ކަންބޮޑުވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

އިއްޔެ "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން މެމްބަރަކު ބުނެފައިވަނި "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޭންބެއްލެވުމަށް އިންތަށީގެ ތެރެއިންނެވެ. މައުލޫމާތު ލިބޭގޮތުގައި ޝިޔާމު ކޭންބައްލަވަނިކޮށް ކަރުތެރޭގައި އެ އަޅައިގަތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.