ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކެއުމަށް ހުރި ތަކެތީގެ ތެރެއިން "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނިއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން މެމްބަރަކު ބުނެފައިވަނި "ކޮންޑަމް"އެއް ކަހަލަ އެއްޗެއް ފެނިފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކޭންބެއްލެވުމަށް އިންތަށީގެ ތެރެއިންނެވެ. މައުލޫމާތު ލިބޭގޮތުގައި ޝިޔާމު ކޭންބައްލަވަނިކޮށް ކަރުތެރޭގައި އެ އަޅައިގަތީއެވެ.

އަދި އެކަން މެމްބަރުން ފާހަގަކުރުމުން މަޖިލީހުގެ ރައީސް އެވަގުތު އެތަނަށް ވަޑައިގެން އެތަން ބައްލަވާފައިވާކަމަށްވެސް މެމްބަރު މައުލޫމާތު ދެއްވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެއުމުގެ ކަންކަން ހަމަޖައްސަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.