ކުރީ ސަރުކާރުން ނެއްޓި، ކުރިއަށްދާން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ މެމްބަރުން ދައްކަވާ ވާހަކަތަކުގައި އަބަދުވެސް ކުރީ ސަރުކާރުގެ ވާހަކަ ދައްކާކަމަށެވެ. 

"ކުރީ ސަރުކާރުން އަރައިނުގަނެވިގެން މިއުޅެނީ ކީއްވެގެންތޯ؟ މިސަރުކާރު ރައްޔިތުން ގެނައީ ކުރީ ސަރުކާރުން ކުރި ކަންތައްތަކާއި ދޭތެރޭ ހިތްހަމަ ނުޖެހޭތީ ކަމަށް ނޫންތޯ ތިބޭފުޅުން ތި ވިދާޅުވަނީ. އެހެން ވެއްޖިއްޔާ ދެން މިސަރުކާރުން އެބަޖެހޭތާ ކުރިއަށްދާން ކަންތައްތަކުގަ."

ސައީދު ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރު ނިމޭއިރު ދަށަށް ދާނޭކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާތީ ސައީދު ވަނީ އެކަމާއި ސުވާލު އުފައްދަވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.