މަސްވެރިކަމުގެ ބިލު ޑްރާފްޓް ކުރެވިފައި އޮތީ ކަންކަން ބަންދުކުރެވޭ ގޮތަށްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ. 

ވަހީދު އެފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. 

ވަހީދު ވިދާޅުވީ މަސްވެރިކަމުގެ ބިލު އޮންނަންވާނީ އެޔަށްވުރެއް ބޮޑަށް ހުޅުވާލެވިގެންކަމަށެވެ. 

މަސްވެރިކަމުގެ ވުޒާރާއިން ކަންކަން ބައްޓަންކުރަންޖެހޭނީވެސް މަސްވެރިންނަށް ކަންކަން ބަންދުވުމުގެ ބަދަލުގައި އެކަންކަން ހުޅުވިފައި އޮންނާނޭ ގޮތަކަށްކަމަށް ވަހީދު ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ބިލްގައި އަދި މަސްވެރިންނަށް ޕެންޝަން ލިބޭގޮތަށް ލިޔެފައި ނެތްކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ އެކަމަކީ ކޮމެޓީމަރުހަލާގައި އިސްލާހު ކުރަންޖެހޭނެކަމެއްކަމަށެވެ. އަދި މަސްވެރިކަމާއި "ފެޔަށްޖެހެމުންދާ ޒުވާން އާބާދީ" މަސްވެރިކަމަށް ހިތްޖެއްސުމަށް މަސައްކަތް ކުރަންޖެހޭކަމަށްވެސް ވަހީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.