މަސްވެރިކަމުގެ ބިލުން މަސްވެރިކަމަށް ލިބޭނޭ ކުރިއެރުމެއް ނެތްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މަޖިލީހުގެ ވިސްނުމާއި އެއްވަރަށް ސަރުކާރުގެ ވިސްނުން މަސްވެރިކަމުގެ ބިލް ޑްރާފްޓް ކުރުމުގައި ގެނައިނަމަ، މި ބިލަކީ ރަނގަޅު ބިލަކަށް ވާނޭކަމަށެވެ.

އަދި ދެތިން ހަތަރު ދުވަސްތެރޭގައި ކޮމިޓީގައި މި ބިލް ރަނގަޅަށް ނުނިންމޭނެކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިކަމަށް ބޭނުންކުރާ ވަސީލަތްތައް މާބޮޑަށް މުސްކުޅި ވެފައިވާކަމަށް ސައީދު ވިދާޅުވި. އަދި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާކަމުގައި ވާނަމަ، އަންނަ އަހަރުގެ ބަޖެޓުގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ޖެހުމަށްފަހު ސިނާއަތު އެއްކޮށް ބަދަލުކޮށްލައިފިނަމަ ރާއްޖެއިން އެކްސްޕޯޓްކުރާ 70،000 ޓަނުގެ މަހަށް 163 މިލިއަން ޑޮލަރުގެ އާއްމުދަނީއެއް ލިބޭނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މެމްބަރުން މަޖިލީހުގައި ދައްކާ ވާހަކަތަކުގެ އެއްވެސް ވާހަކައެއް މަސްވެރިކަމުގެ ބިލުގައި ނެތްކަމަށެވެ.

އެގޮތުން މަސްވެރިކަމާއި ގުޅޭގޮތުން ފާސްކުރި 5 ވަރަކަށް ޤަރާރުގައި ހުރި އެއްވެސް ވާހަކައެއް އެބިލުގައި ނެތްކަމަށް މެމްބަރު ސައީދު ވިދާޅުވިއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.